logo

އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ދިވެހި ޖީލުގެ ކަރާމާތް ނަގަހައްޓާނެ: ރައީސް

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

20 ޖެނުއަރީ 2026 - 09:12
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ދިވެހި ޖީލުގެ ކަރާމާތް ނަގަހައްޓާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ފަރުދުން

SHARE

ރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިފަދައިން ވިދާޅުވީ ޝަހީދުންގެ ދުވަހާ ގުޅިގެން އެ މަނިކުފާނު މިއަދު " އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުކަމަށެވެ.

އަދި ހިޖުރައިން 965 ވަނަ އަހަރު ޝައުބާންމަހުގެ ފުރަތަމަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް އެ ހިތްވަރުގަދަ ގައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދިރިދިރި ހުންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ މިއަދު އައު ކުރައްވަނީ ޝުކުރުވެރިކަމާއެކުކަމަށެވެ.

/

އަދި މާތްﷲ އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެކަމަށާއި، މާތްﷲގެ ތަނަވަސް ރަހުމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ގުއުމު ދެމިއޮންނާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/