
ެއަންހެނުންނަށް ހާއްސަކޮށް ސްޓެލްކޯއިން ކުރިއަށްގެންދިޔަ ކޯސް 116 މީހުން ފުރިހަމަކޮށްފި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

މެޑަމް ސާޖިދާއާއި ކޯހުގެ ބައިވެރިން-- ފޮޓޯ: ސްޓެލްކޯ
SHARE
އަންހެނުނަށް ހާއްސަކޮށްގެން ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ބިގިނަރސް އިލެކްޓްރީޝަން ކޯހުގައި 116 މީހުން ބައިވެރިވެ އެ ކޯސް ފުރިހަމަ ކޮށްފިއެވެ.

ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަންހެނުންނަށް މިފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މި ކޯހުގެ މަގުސަދަކީ ކަރަންޓުގެ ދާއިރާއަށް އަންހެނުންގެ ހިތް ޖައްސުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހިތްވަރުދީ، އެ ދާއިރާއިން ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހިކޮށްދިނުން ކަމަށެވެ.
މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިވެ 116 ކަނބަލުން ވަނީ ކޯސް ފުރިހަމަކޮށްފައެވެ.






