logo

މެކްސް - ކެލައައްޑޫ ފަހަނައަޅައި ރާއްޖޭގެ އަސްދަނޑިން ބޭރަށް

އާމިނަތު ޢަބްދުﷲ

8 މާރިޗު 2026 - 17:17
މެކްސް - ކެލައައްޑޫ ފަހަނައަޅައި ރާއްޖޭގެ އަސްދަނޑިން ބޭރަށް

މޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯއޮޕަރޭޓިވް ސޮސައިޓީން ހިންގި ކޯހެއްގެ ތެރެއިން --

SHARE

މޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯއޮޕަރޭޓިވް ސޮސައިޓީ (މެކްސް) އަކީ ދިވެހިރާއްޖޭގެ ސަގާފީ އަތު މަސައްކަތާއި އަތްތެރި މަސައްކަތްތަކުގެ ދާއިރާ ހަރުދަނާކޮށް، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހައްގުތަކާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ކޯޕަރޭޓިވް ސޮސައިޓީ އެކެވެ. މީގެ އިތުރުން މެކްސްއިން ތިމާވެށި ރައްކާތެރި ކުރުމަށް ވެސް މަސައްކަތް ކުރެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މެކްސް ވުޖޫދުވީ 2011 ގައެވެ. ދިހަ އަންހެނުން އުފެއްދި މި ކޯޕަރޭޓިވްގެ 15 އަހަރުގެ މަސައްކަތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަނީ ހަމަ އަންހެނުންނެވެ. ފަންނީ ގޮތުންނާއި، އެކި ގޮތްގޮތުން މެކްސްއަށް ހިދުމަތްކުރައްވާ %99 ބޭފުޅުންނަކީ އަންހެނުންނެވެ.

undefinedމޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯއޮޕަރޭޓިވް ސޮސައިޓީގެ ފައުންޑިން މެންބަރުން --

މެކްސްގެ ފުރަތަމަ މަސައްކަތް 2012 ގައި ފެށުނީ ތުނޑުކުނާވިޔަން ބޭނުންކުރާ ވިނަގަހެއްކަމަށްވާ ހައެ (ހުވަދޫ ބަހުން ހައު) ހެއްދުމުންނެވެ. އޭރު އެ މަސައްކަތް ކުރަމުން ދިޔައީ ދުވަސްވީ ދެތިން މީހުންނެވެ. މެކްސްގެ މަސައްކަތުން އިތުރު 16 މީހުން ހައެ ދަނޑުތައް ހެއްދުމުގައި ސާމިލް ކޮށް މަސައްކަތްކުރާގޮތް ފަހުގެޖީލުތަކަށް ފެންނާނެހެން، ތަރުތީބުން ލިޔެފައިވާނެއެވެ. މީގެ އިތުރުން ހައެ ހައްދާ ފަރާތްތަކާ ތުނޑުކުނާ ވިޔާ ފަރާތްތަކާ ގުޅުވައިދީ ފައިވާނެއެވެ. އަދި ތުނޑުކުނާ ވިޔާފަރާތްތަކަށް ބާޒާރު ހޯދައިދީ، އިތުރު މީހުންނަށް ތުނޑުކުނާ ވިޔަން ދަސްކޮށްދީފައިވާނެއެވެ. ފަށާ މަރުހަލާގައި ތުނޑުކުނާ ވިޔާ ގޮތް ވެސް އަންނަން އޮތް ޖީލުތަކަށް އަދި ތުނޑުކުނާ ކޯސް ހިންގާފަރާތްތަކަށް އެހީތެރިވެދޭނެ ގޮތަކަށް ލިޔެފައިވާނެއެވެ. މިފޮތްތައް ނެޝަނަލް ލައިބްރަރީއަށް ހަދިޔާކުރެވުނެވެ.

https://pnc.mv/local-council-inthihaab-2026

ސަގާފީ މަސައްކަތްތެރިކަން ދިރުވުމުގެ ގޮތުން ފަންތޮށީގެ ކޯސްތަކާއި، އެއްތެޔޮ ފުރުމުގެ ކޯހާއި، ކިނާރީ ކޯސް އަދި ފޭލިވިޔަން ދަސްކޮށްދޭ ކޯސްތައް ހިންގާފައިވާނެއެވެ. މެކްސް އިން ހިންގާ ކޯސްތަކުގައި ބައިވެރިވާ އެންމެންނަށް ބާޒާރު ހޯދައިދީ އާމްދަނީ ލިބޭނެ މަގުފަހިކޮށްދެވިފައިވާނެއެވެ. ފޭލިވިޔުން ދިރުވާ އާލާކުރުމަށްޓަކައި، މެކްސްގެ ޚަރަދުގައި ދެ މީހަކުރާއްޖޭންބޭރަށް ފޮނުވުނެވެ. ކޯސް ފުރިހަމަކުރި ފަރާތް މެދުވެރިކޮށް މިދިޔަ އަހަރު 6 މީހުންނަށް ފޭލިވިޔަން ދަސްކޮށްދީފައިވާނެއެވެ.

undefinedމޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯއޮޕަރޭޓިވް ސޮސައިޓީން ހިންގި ކުނާ ވިޔުމުގެ ކޯހެއްގެ ދަސްވެނިވުން --

ޕްލާސްޓިކް މަދުކުރުމަށް ހިންގި ޕްރޮޖެކްޓްގެ ދަށުން ބޭނުންކޮށްފައި ހުންނަ އަންނައުނުން ވަރަށް ރީތި ގޮތްގޮތަށް، ކޮތަޅު ފަހަން މެކްސްގެ މެމްބަރުން ޑިޒައިންކޮށް، މާލެއާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އަންހެނުންނަށް ތަމްރީން ދެވުނެވެ. ކޯސްފުރިހަމަކުރާއަންހެނުން ކޮތަޅު ފެހުމުން އާމްދަނީ ހޯދާދީފައިވާނެއެވެ.

/

މެކްސް ކެލައިން އައްޑުއަށް ކުރިދަތުރު އަސްދަޑިން ބޭރަށް ގޮސް، ސަރަހައްދީ ގައުމުތަކާއެކުވެސް މަސައްކަތްކުރެއެވެ. މި ޖަމިއްޔާއަކީ ހޯމްނެޓް ސައުތް އޭޝިޔާގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރެއް ވެސް މެއެވެ. ޔުނެސްކޯ، ވާލްޑްކްރާފްޓް ކައުންސިލް، ހޯމްނެޓް އިންޓަރނޭޝަނަލް ފަދަ އޯގަނައިޒޭޝަން ތަކުން މެކްސް ބަލައިގެންފައިވެއެވެ. ހޯމްނެޓް ކިޔާ ޖަމްއިއްޔާ ތަކަކީ ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކެކެވެ. މެކްސް އަކީ މި ދެ އޯގަނައިޒޭޝަން ގެ މެމްބަރެކެވެ.

މެކްސްގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކަމަށް ކަމޭހިތައިގެން ވަރަށް ޝައުގުވެރިކަމާއި، ހީވާގިކަމާއެކު މަސައްކަތްކޮށްދޭ އަންހެނުންތަކެކެވެ. އެއީ މެކްސްއަށް މަސައްކަތްކޮށްދޭ ކޮންސަލްޓަންޓުންނާއި، މެކްސްގެ މެމްބަރުން އަދި އެކި ގޮތްގޮތުން މެކްސްއާއެކު މަސައްކަތްކުރާ ރާއްޖޭގެ އެކިކަންކޮޅުތަކުގައިތިބި އަންހެނުންނެވެ. މެކްސްއިން އެދެނީ ރާއްޖޭގެ ހުރިހާ އަންހެނުންނަށް އަދަށްވުރެ މާފަހި މާދަމައެކެވެ. އަދި މެކްސްއިން އަންހެނުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ އަންހެނުންނަށް އަރިސްކުރަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގައި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އޯތެންޓިކް ކްރާފްޓް ކޯއޮޕަރޭޓިވް ސޮސައިޓީގެ މަސައްކަތްތަކާ ގުޅިގެން، އެ ޖަމިއްޔާގެ ޗެއާޕާސަން އާމިނަތު ޢަބްދުﷲ ލިޔުއްވާފައިވާ ލިޔުމެކެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މި ލިޔުން ޝާއިއުކޮށްފައި މިވަނީ ލިޔުންތެރިޔާގެ ޚިޔާލަށް އުނިއިތުރެއް ގެނައުމެއް ނެތިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/