logo

މި އަހަރުގެ 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

27 ނޮވެމްބަރު 2025 - 12:57
މި އަހަރުގެ 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ-- ފޮޓޯ: ވިިޒިޓް މޯލްޑިވްސް

SHARE

މި އަހަރުގެ 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަރުހަބާ ކިޔައިފިއެވެ,

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި މިއީ އަދި މިހާ ހިސާބަށް އަހަރެއްގެ ތެރޭގައި އެންމެ އަވަހަށް 2 މިލިއަން ފަތުރުވެރިން ހަމަވި އަހަރު ކަމަށެވެ. ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ, 30 އަހަރުގެ ބެތަނީ ސާރާ ކޮމްވެލްއެވެ. އޭނާއަކީ އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިއެއް ކަމަށް ވެސް ވަނީ ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިއަދު ހެނދުނު އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހަފްލާއެއްވެސް ބާއްވައިފައެވެ. ސާރާއަކީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށް ރާއްޖެ އައި ފަތުރުވެރިއެއް ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެެެ.

މިހާ އަވަހަށް ދެ މިލިއަން ފަތުރުވެރިން ހަމަވުމަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ކުރަމުން އަންނަ މަަަސައްކަތައް ލިބުނު ވަރަށް ބުޑު ކުރިއެރުމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/