logo

ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށް, ހަތަރު މީހަކު ފުރުން މަނާކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

10 ނޮވެމްބަރު 2025 - 09:49
ޑޮލަރު ފޭރުނު މައްސަލަ: އިތުރު ތިން މީހަކު ހައްޔަރުކޮށް, ހަތަރު މީހަކު ފުރުން މަނާކޮށްފި

ފޮޓޯ: ފުލުހުން

SHARE

އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް, ހަތަރު މީހަކު ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރަށް ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި /ބިނާ ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި ތ.ވިލުފުށި/ އެހީވާގެ ، އަޙްމަދު މާޙިދު (44އ) އާއި ސ.ހިތަދޫ / ވަށަގުލިމާގެ ، ޢަލީ އަފްޒަލް (21އ) އެވެ. ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު ހައްޔަރުކޮށްފައިވަނީ 2025 ނޮވެމްބަރު 02 ވަނަ ދުވަހު އެވެ. އަޙްމަދު މާޙިދު ހައްޔަރުކޮށްފައިވަނީ 2025 ނޮވެމްބަރު 04 ވަނަ ދުވަހު އެވެ. އަދި އަލީ އަފްޒަލް ހައްޔަރު ކޮށްފައިވަނީ 2025 ނޮވެމްބަރ 05 ވަނަ ދުވަހު އެވެ.

ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު އާއި އަޙްމަދު މާޙިދު އަދި އަލީ އަފްޒަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޢަލީ އަފްޒަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފުރަމަތަ 3 ދުވަހަށް ބަންދުކުރުމަށް އަމުރު ކުރުމަށްފަހު ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ފުރުން މަނާކުރެވިފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލަފާސްކުރެވި، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/