logo

ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހަން ނިންމައިފި

ސައިފުﷲ އަލީ

3 ޑިސެމްބަރު 2025 - 11:30
ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހަން ނިންމައިފި

SHARE

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އޮތް ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ޖަހަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި, ގ. މާވަނި, ހުސައިން ސަނީ އުަމރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން ތިރީސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ.

މި ހުށަހަެޅުމާ އެެއްގޮތަށް އޭނާ ވަނީ 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބޭ ވަރަކުން ގާނުނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރަން އެދޭނެކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ސަނީ އުމަރު އަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރާކެވެ.

އޭނާގެ މަށްޗަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މަށްސަލަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހު 30 ގައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ސޯޝަލް މީޑިއާއަށް އާންމުވެފައިވާ މައުލޫމާތުތަކުން މައުލޫމާތު ލިބުނު ގޮތުގައި ސަނީ އުމަރު ވަނީ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/