logo

އިސްލާމިކް މިނިސްޓްރީގެ "މީޑީއާ މައުރަޒު" މާދަމާ ފަށަނީ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

4 ޑިސެމްބަރު 2025 - 12:08
އިސްލާމިކް މިނިސްޓްރީގެ "މީޑީއާ މައުރަޒު" މާދަމާ ފަށަނީ

ނައިބު ރައީސް ހުސޭން މުހައްމަދު ލަތީފް "މީޑިއާ މައުރަޒު" ހުޅުއްވައިދެއްވަނީ-- ފޮޓޯ: ސަރުކާރު ވެބްސައިޓް

SHARE

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ "މީޑިއާ މައުރަޒު" މާދަމާ ފަށާނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅީގެން ކުރިއަށް ގެންދާ މި މައުރަޒުގެ މައިގަނޑު މަގުސަދަކީ އެ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، މިނިސްޓްރީގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުންކަމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން, މި މައުރަޒުގައި އެކިއެކި ސެކްޝަންތަކުގެ ވެރިންނާ ސުވާލުކޮށް އެ ސެކްޝަންތައް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު އޮންނާނެކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. މި މައުރަޒު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އިސްލާމީ މަރުކަޒުގެ ޖަލްސާ މަާލަމުގައި ކަމަށް ވެސް ބުނެއެވެ.

މި މައުރަޒު އޮންނާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/