logo

ވިއްސާރައިގައި ގެއްލުންވި ގެތައް ދަނީ ދެނެގަންނަމުން: ތިނަދޫ ސިޓީ ކައުންސިލު

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

7 ޑިސެމްބަރު 2025 - 12:15
ވިއްސާރައިގައި ގެއްލުންވި ގެތައް ދަނީ ދެނެގަންނަމުން: ތިނަދޫ ސިޓީ ކައުންސިލު

ތިނަދޫ އަށް ކުރި ވިއްސާރައިގައި ގެއެއްގެ ތެރެއަށް ފެންވަދެފައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

SHARE

ރޭ ދަންވަރު ތިނަދޫ ސިޓީއަށް ކުރި ބޯ ވިއްސާރައާއެކު އެރަށުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ޖުމުލަ އަދަދު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސިޓީގެ މޭޔަރު ސައިދު އަލީ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޭޔަރު ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ގެތަކުގައި ވެލި އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެވެ.

"ދެ ދާއިރާއެއްގެ ގެތަކަކަށް ގެއްލުންވެފައިވާތީ އެބަހުރި ފުދޭވަރަކަށް ގެއްލުންވެފައި،" މޭޔަރު ސައިދު ވިދާޅުވިއެވެ.

undefinedތިނަދޫ ސިޓީގެ މޭޔަރު މިއަދު ފެންބޮޑުވި ސަރަޙައްދުގައި -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލު

ގެއްލުންވި ގެތަކުގެ ޖުމްލަ އަދަދު ދެނެގަތުމަށް ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް އެ ސާވެގެ ނަތީޖާ އަދި ނުލިބޭ ކަމަށާއި، ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްސީލު ލިބޭނީ މި ސާވޭގެ ނަތީޖާއާއެކު ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

/

ގެއްލުން ލިބުނު ގެތަކުގައި ވެލި އެޅުމުގެ މަސައްކަތް އެމްޓީސީސީގެ އަމިއްލަ އިސްނެގުމާއެކީގައި ކުރިއަށްދާ ކަމަށް ތިނަދޫ ކައުންސިލުން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ. އޭރު އެމްއެންޑީއެފުން ބުނި ގޮތުގައި އެރަށުގެ ތިން ސަރަހައްދެއްގައި ޕަންޕުޖަހައި ފެން ހިއްކުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/