
ވައި ތަޣައްޔަރުވުމުގެ ސަބަބުން މާލެ ސަރަހައްދު ފުސްވެފައި-- ފޮޓޯ: މިހާރު
SHARE
ވައި ނުސާފުވުމުގެ ސަބަބުން މެޓް އޮފީހުން މާލެ ސަރަހައަދަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގައި ވައި ސާފު މިންވަރު ދަށްވެފައިވެއެވެ. އެގޮތުން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ށ. ފުނަދޫއާއި ދ. ކުޑަހުވަދޫއާއި ލ. ގަމާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ހިމެނެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން އޮރެންޖް އެލާޓް ނެރެފައިވާ މާލެ ސަރަހައްދުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެނިހެން މީހުނަނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ބުނެފައެވެ. އުގޮތުން ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބެރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރި ވުމުގެ ގޮތުން މާސްކްއެޅުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ނޭވާލާ ނިޒާމުގެ މައްސަަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ނާޒުކު ހާލަތުގައިވާ މިހުން ބޭރުގައި އުޅުމުން ދުރުހެލުވުމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އިލްތިމާސެކެވެ. މީގެ އިތުރުން އެ ފަރާތްތަކުން ބެރަށް ނުކުންނަ ނަމަ N95 މާސްކަ އެޅުން ބުއްދިވެރި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޔެލޯ އަދި އޮރެޖް އެލާޓު ނެރެފައިވާ ސަރަހައްދުތަކުގައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަނީ ރައްޔިތުންނަށް އަންގާފައެވެ. އެގޮތުން ބޭރުގެ ނުސާފުވައި ނުވަންނަ ހެން ގޭގެ ދޮރުތައް ލެއްޕުމާއި އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބޭރުގައި ކަސްރަތު ކުރުމާއި ކުޅިވަރު ކުރުން މަޑު ޖައްސާލުމަށް ވެސް އެ އެޖެންސީއިން ބުންޏެވެ.

.jpg&w=3840&q=75)



.jpg&w=3840&q=75)

