logo

މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ނުރައްކާމިންވަރަށް ވައިނުސާފު

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

7 ޖެނުއަރީ 2026 - 12:44
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ނުރައްކާމިންވަރަށް ވައިނުސާފު

ނުރައްކާ މިންވަރަކަށް ވައި ނުސާފުވެފައި--ފޮޓޯ

SHARE

މުޅި ރާއްޖެއަށް ނުރައްކާ މިންވަރަކަށް މިއަދު ވައި ނުސާފު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވައި ސާފު މިންވަރު ބުނެދޭ އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި މިއަދު މާލެ ސަރަހައްދާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ވައި ވަނީ ސިއްހަތަށް ނުރައްކާ މިންވަރަކަށް ނުސާފުވެފައެވެ. އެއީ "ރެޑް އެލާޓް" ލެވަލްއަށެވެ.

އަދި ރާއްޖޭގެ އެއާ ކޮލިޓީ ބަލަހައްޓާ ވިލިމާލޭގައި ހުންނަ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރި މިންވަރު ވަނީ 193 އަށް އަރާފައެވެ.

މިދުވަސްވަރަކީ ޢާންމުކޮށް ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދުންފުހުގެ އަސަރުކޮށް ނުރައްކާ މިންވަރަކަށް ވައިނުސާފުވާ ދުވަސްވަރެކެވެ. އެގޮތުން އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި އެކި ބަލިތައް ތަހައްމަލު ކުރާ މީހުން ބޭރުތެރޭ ނޫޅުމަށް އަންގާފައެވެ.

އަދި މިއަދު އާދައިގެ މީހުންނަށްވެސް ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އެންމެންވެސް މިހާލަތުގައި ބޭރުގައި އުޅޭ މިންވަރު މަދުކުރުން ވަރަށް މުހިންމެވެ.

/

މެޓު އޮފީހުން ބުނީ ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/