logo

ރޯގާ ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

17 ފެބްރުއަރީ 2026 - 06:40
ރޯގާ ފެތުރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ

SHARE

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރޯގާ އާންމުވެ އިތުރަށް ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިއަދު އެދިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެޗްޕީއޭ ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރޯގާ ނުވަތަ ފުލޫ އާންމުވެ ފެތުރޭ ކަމަށާއި، ރޯގާއިން ރައްޔިތުން ރައްކާތެރިވުން މުހިއްމުކަމަށެވެ.

މިގޮތުން ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި މީހުން އެއްވެ އުޅޭތަންތަނުގައި ނޫޅުމާއި އުޅޭނަމަ މާސްކު އަޅައިގެން އުޅުން މުހިންމުކަން އެޗްޕީއޭއިން ފާހަގަކުރިއެވެ.

މީގެ އިތުރުން ކެއްސާނަމަ އަނގަމަތި ނިވާކުރުމާއި ބަލިވެއުޅޭ ނަމަ މާސްކު އެޅުމާއި އެހެން މީހުންނާއި ކައިރިވެ ނޫޅުމަށް އެޗްޕީއޭ ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ ތެރެއިންވެސް ހާއްސަކޮށް ދިފާއި ބާރު ދަށް މީހުނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

ރޯގާ ޖެހިއްޖެ ނަމަ އެހެން މީހުންނާއި ދުރުހެލިވެ އަރާމު ކުރަންވާނެއެވެ. ރަނގަޅު ނުވެ ގިނަ ދުވަސް ވާނަމަ ޑަކްޓަރެއްގެ ލަފާގެ މަތިން ފަރުވާކުރުން އެދެވިގެންވެއެވެ.

https://pnc.mv/local-council-inthihaab-2026

އަދި ނޭވާލާން އުނދަގޫ ވާނަމަ ވަގުތުން އަވަސްފަރުވާ ދޭ ތަނަކަށް ދިއުމަކީ މުހިއްމު ކަމެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/