logo

ޝީޝާ މާނަކޮށް، ހަކުރުން ޓެކްސް ނަގާ ސަބްސިޑީ ކަނޑާލަނީ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

5 މާރިޗު 2026 - 09:53
ޝީޝާ މާނަކޮށް، ހަކުރުން ޓެކްސް ނަގާ ސަބްސިޑީ ކަނޑާލަނީ

SHARE

ޝީޝާ މަނާ ކުރުމާއެކު، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން އެއަށް މިހާރު ދެމުންދާ ސަބްސިޑީ ކަނޑާލުމުގެ މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިހާރު މަނާކުރެވިފައިވާ ދުންފަތުގެ ބާވަތްތަކުގެ އިތުރުން ޝީޝާފަދަ ދުންފަތުގެ އިތުރު ބާވަތްތައް މާނާކުރެވޭނެ ކަމަށާއި އަދި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސްނަގަން ވާހަކަދެކެވޭ ކަމަށެވެ.

މިއީ އާންމު ސިއްހަތާއި ގުޅުން ހުރި މައްސަލަކަށް ވެފައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މިއީ މުހިއްމު ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ މިފަދަ ނިންމުތައް ތަންފީޒު ކުރަންޖެހޭނީ އެންމެ މުހިއްމު ދަނޑިވަޅު އަދި ހާލަތު ބެލުމަށްފަހުގައި ކަމަށް ވިދާޅުވެފައެވެ.

ޕަބްލިކް ހެލްތު ނުވަތަ އާންމު ސިއްހަތުގެ ވިސްނުމަކުން ހަރުފަތުން ހަރުފަތަކުން ގޮރާކުރާނަމަ ކުރިއަށް އޮތް ތަނުގައި މިމައްސަލަ ހައްލުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

https://pnc.mv/local-council-inthihaab-2026

މިހާރު ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގައި ހިމެނޭ ހަކުރު ރައްޔިތުންނަށް ފޯރުކޮށްދޭން ދައުލަތުން ބޮޑު ބައެއް ސަބްސިޑައިޒްކޮށްދެއެެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/