logo

ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް!

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

12 ފެބްރުއަރީ 2026 - 06:14
ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސް!

ރައީސް ޑރ މުހައްމަދު މުއިއްޒު

SHARE

ޓައިމް މަޖައްލާއިން ހޮވި، 2026 ވަނަ އަހަރު ޞިއްޙީ ދާއިރާއިން ދުނިޔޭގައި އެންމެ ނުފޫޒުގަދަ 100 ޝަޙްޞިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ލިސްޓުގައި ރައީސް ފާހަގަކޮށްފައިވަނީ ޞިއްޙީ ދާއިރާގެ "ޓައިޓަން" އެއްގެ ގޮތުގައެވެ. މިއީ އާންމު ޞިއްޙަތު ނުވަތަ ޕަބްލިކް ހެލްތުގެ ދާއިރާއިން ރާއްޖެއަށް ހޯއްދަވައިދެއްވި ބޮޑެތި ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ ޝަރަފެކެވެ.

ޓައިމް މަޖައްލާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރުކާރުން ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ. ވަކިން ޚާއްޞަކޮށް، ރައީސްގެ އިސްނެންގެވުމުގެ ދަށުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އެ މަޖައްލާއިން ވަނީ ތައުރީފުކޮށްފައެވެ.

މީގެ ތެރޭގައި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުންކުރުން މަނާކުރާ ސިޔާސަތާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ޤާއިމުކުރުން ހިމެނެއެވެ.

ޞިއްޙީ ދާއިރާގެ އިތުރު ކުރިއެރުންތަކަށް ބަލާއިރު، 2026 ވަނަ އަހަރުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިނެއް ވަނީ ތައާރަފުކޮށްފައެވެ. އަދި މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެރުން ނައްތާލި ފުރަތަމަ ޤައުމުގެ ޝަރަފު މިދިޔަ އަހަރު ރާއްޖެއިން ހޯދާފައިވާކަންވެސް ޓައިމް މަޖައްލާއިން ފާހަގަކުރެއެވެ.

https://pnc.mv/local-council-inthihaab-2026

ސަރުކާރުގެ ޞިއްޙީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް ބިނާކޮށްފައި ހުރީ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ބަލިޖެހުމުން ފަރުވާ ދިނުމުގެ މައްޗަށް ކަމަށެވެ.

ނަމަވެސް މިހާރުގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމަށާއި ފަރުވާ ދިނުމަށް ހަމަހަމަ ސަމާލުކަމެއް ދެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ އަހަރަކު ޓައިމް މަޖައްލާއިން ނެރޭ މި ލިސްޓަކީ ޞިއްޙީ ދާއިރާއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެންނަ ފަރާތްތައް ހިމަނައިގެން ތައްޔާރުކުރާ ލިސްޓެކެވެ.

މީގެ ތެރޭގައި ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ދިރާސާވެރިން އަދި އީޖާދީ މަސައްކަތްތައް ކުރާ ފަރާތްތައް ހިމެނެނީ އެފަރާތްތަކުގެ މަސައްކަތުން މާނަވީ ބަދަލުތަކެއް ޞިއްޙީ ދާއިރާއަށް ލިބިފައިވާތީއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/