logo

ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

16 ފެބްރުއަރީ 2026 - 06:13
ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް

ދުން ފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަނީ--ފޮޓޯ

SHARE

ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރާނެކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ކުރާއިރު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މީގެ އަސަރު ކުރަމުންދާކަމަށެވެ. އަދި މޫސުމާ ބެހޭ ރިޕޯޓުތަކުން ދުރުފެންނަ މިންވަރު ތިން ކިލޯ މީޓަރަށް ވުރެ ދަށުގައި ހުރިކަމަށް ދައްކާމަށްވެސް ބުނެއެވެ.

ކުރިއަށް މިއޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެކަމަށް އެ އިދާރާއިންވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފު ދުވަސްވަރު ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކުން ބޭރުގައި އުޅޭ މިންވަރު މަދު ކުރުމަށް އަންގާފައެވެ. އަދި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ބޭރުގެ ނުސާފު ވައި ނުވަންނާނެ ގޮތައް ގޭގެ ދޮރުތައް ލައްޕާފަ ބެހެއްޓުމަށާއި އެއާ ޕިއުރިފައިއާ ބޭނުންކުރުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/