ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން އެސްވީއެފްއާރު ބޭނުންކުރަނީ
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ބުރިޖު މަތިން، މަތިންދާ ބޯޓެއް ދަތުރުކުރާ މަންޒަރު -- ފޮޓޯ: އަދަދު
SHARE
ރާއްޖޭގެ ވައި ނުސާފުވުމާ ގުޅިގެން ވައިގެ އުޅަނދުތައް ދުއްވާއިރު އިތުރަށް ރައްކާތެރިވުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނުގައި އެ ކުންފުނިން ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން ވަނީ ނިންމައިފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މި ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކުރެވިފައިވާ ފަރާތުގެ ހައިސިއްޔަތުން އެ ކުންފުންޏަށް ލާޒިމުކުރާ ކަމެކެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނި ގޮތުގައި ދުރުފެންނަ މިންވަރު ފަސް ކިލޯމީޓަރަށްވުރެ ދަށްވާ ހާލަތްތަކުގައި އާންމުކޮށް ބޭނުންކުރާ ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރެވެމުން އައިސްފައިވާ އުސޫލެވެ.
އެގޮތުން މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން މިހާރުވެސް އެސްވީއެފްއާރު ބޭނުންކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އަދި އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ދަތުރުތައްކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއެކު އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓު އޮފީސް) އިން ބުނި ގޮތުގައި އަންނަ ހަފުތާގައިވެސް ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވާނެކަމަށް ލަފާކުރެވެއެވެ.


.jpg&w=3840&q=75)


