logo

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން މިހާރު ޓެކްސީ ލިބޭނެ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

25 މާރިޗު 2026 - 10:52
ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން މިހާރު ޓެކްސީ ލިބޭނެ

SHARE

ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމު (އެމްއޭސީއެލް) އިން މިއަދުން ފެށިގެން ވަނީ ހަމަޖައްސާފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް މުހިއްމު ބަދަލުތައް ގެސްފައިވާކަން އެމްއޭސީއެލް ވަނީ ނެގެވިފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 މިހާރު ބޭނުން ކުރަނީ ޑޮމެސްޓިކް ފްލައިޓްތަކުގެ ފަސިންޖަރުންނެވެ. އެމްއޭސީއެލް ބުނާގޮތުން މިބަދަލު ގެނެވުނީ ޓާމިނަލް 2 ބޭނުން ކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.

މިގޮތުން މިއަދު ހެނދުނު 10 ކުން ފެށިގެން، ޓަރމިނަލް 2 ގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ކަނޑައެޅިފައިވާ ކަމަށް އެމްއޭސީއެލް ބުންޏެވެ.

މިހާރު އެސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކޮށް، ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ހައްސަ ސަރަހައްދު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

/

އެމްއޭސީއެލް އިން ވަނީ މިގެނެވުނު ބަދަލަށް އެއާޕޯޓު ބޭނުންކުރާ މިހުންނާއި ދަތުރުވެރިން އަލުވެރިކުރުމަށް އެ ކުންފުނީގެ މުވައްޒަފުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ބުނެފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/