logo

ރަސްމާލެ ހިއްކުން ހަލުވި: ސައިޓް އޭ ގެ 50 އިންސައްތަ ނިމިއްޖެ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

14 ޖެނުއަރީ 2026 - 09:46
ރަސްމާލެ ހިއްކުން ހަލުވި: ސައިޓް އޭ ގެ 50 އިންސައްތަ ނިމިއްޖެ

ރަސްމާލެ ސައިޓު އޭގެ މިހާހިސާބަށް ހިއްކިފައި އޮތް ބިން-- ފޮޓޯ: އެމްއޭސީއެލް

SHARE

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ސައިޓް އޭ ގެ 50 އިންސައްތަ ހިއްކައި ނިމިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ ސައިޓުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ސައިޓް އޭ އިން މިހާ ހިސާބަށް ހިއްކާފައިވަނީ 71 ހެކްޓަރެވެ. އެއީ ޖުމުލަ އެ ސައިޓުގައި ހިއްކުމަށް ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ 51.64 އިންސައްތައެވެ.

ރަސްމާލެ ހިއްކުމުގެ މިސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ކްރިސްޓޮބަލް ކޮލޮން އިންނެވެ. މި ޑްރެޖަރުގައި އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ރައްކާކުރެވޭނެއެވެ.

އަދި މި ބިން ހިއްކުމުގެ މަޝަރޫއު ކުރަނީ އިންޓަނޭޝަނަލް މެރީން އިންޖިނިއަރިންގެ ކޮމްޕެނީ، ޖެން ޑި ނުލް އިން ކަމަށް އެޗްޑީސީން ބުންޏެވެ.

ރަސްމާލެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން" ސިޔާސަތުގެ ދަށުން ޤާއިމްކުރާ ބިޔަ މަަޝްރޫއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިއްކާނެ އެންމެ ބޮޑު ބިމެވެ.

/

އެގޮތުން ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން މުޅި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/