ރަސްމާލެ މަޝްރޫއު: ސައިޓް އޭ އިން 84 އިންސައްތަ ހިއްކާ ނިންމައިފި

ފާޠިމަތު ހިބާ

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން--ފޮޓޯ/އެމްއޭސީއެލް
SHARE
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ސައިޓް އޭގެ 84 އިންސައްތަ ހިއްކާ ނިންމައިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ސައިޓް އޭ އިން ހިއްކުމަށް ހަމަޖެހިފައިވަނީ 138 ހެކްޓަރެވެ. އެ މަސައްކަތުގެ މުޅި ޖުމްލަ 84 އިންސައްތަ މިހާރު ހިއްކައި ނިމިފައިވާއިރު، އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ބިންހިއްކުމުގައި މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރުގެ ތެރޭގައި ހިމެނޭ ޑްރެޖަރެއް ވަނީ ގެނެސްފައެވެ. އެއީ އެއްފަހަރާ 46،000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޮޑުޑްރެޖަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އުއްމީދީ މަޝްރޫޢުކަމަށްވާ "ރަސްމާލެ" އަކީ ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްގީކުރާނެ ރަށެވެ.





