logo

50 ފުލޭޓާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ތިނަދޫގައި ފަށައިފި

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

25 މާރިޗު 2026 - 06:00
50 ފުލޭޓާއި މަގު ހެދުމުގެ އަމަލީ މަސައްކަތް ތިނަދޫގައި ފަށައިފި

SHARE

50 ފުލޭޓާއި މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ތިނަދޫގައި ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހަވާލުކޮށްގެން ތިނަދޫ ސިޓީގައި ހިންގާ މަގު ހެދުމުގެ މަޝްރޫއު އާއި އަމިއްލަ ކުންފުންޏަކުން އެޅުމަށް އޮތް 50 ހައުސިްނ ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

މަޝްރޫއު ފެށުމުގެ ގޮތުން އެސިޓީގައި ވަނީ ހައުސިން މިނިސްޓަރު އަދި އެމިނިސްޓްރީގެ ބޭފުޅުންނާއެކު ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ. މި ރަސްމިއްޔާތުގައި އެރަށުގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

މަގުހެދުމުގެ މަސައްކަތުގައި ތިނަދޫގެ 19.3 ކިލޯމީތާރުގެ ސަރަހައްދެއްގައި ތާރުއަޅާ ފެންހިންދާ ނިޒާމެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އާރުޑީސީ މިމަސައްކަތް ހަވާލުކޮށްފައި ވަނީ ތިން އަހަރާއި ނުވަ މަސް ތެރޭ ނިންމާ ގޮތަށެވެ.

ހައުސިން ޔުނިޓުތަކުގެ މަސައްކަތް ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓްއާ ހަވާލުކޮށްފައިވަނީ 50 ޔުނިޓު އެއްއަހަރާއި ދެމަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށެވެ.

https://pnc.mv/local-council-inthihaab-2026

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/