logo

އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އަމާން އުދަރެސް ފްލެޓްތައް -- ފޮޓޯ: ޓްވިޓާ

SHARE

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ހަ ފަރާތަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓުތަކުގައި ކުރުން މަނާކަންކަން ގިންތި ކުރެވިފައިވާއިރު، ބިދޭސީން ދިރިއުޅެން ފްލެޓްތައް ދިނުމަކީ އެންމެ މަތީ ދަރަޖައިގައި އެއްބަސްވުމާ ޚިލާފުވުން ކަމަށެވެ.

މި މައްސަލައިގައި އެ ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި އިންޒާރު ދިނުމަށް ފަހު ކަންކަން އިޞްލާޙު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދޭ ކަމަށެވެ.

"އެ މުއްދަތުގައި އެކަން ރަނގަޅު ނުކުރާނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރިއަށް ދާނެ،" ހަމްދާން ވިދާޅުވިއެވެ.

މިހާރުވެސް ފްލެޓެއް ކުއްޔަށް ދިނުމަށް އިޢުލާން ކޮށްފައިވާ މައްސަލައެއް ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ފްލެޓްތަކުގެ ބޭނުން ހިފަމުންދަނީ އެއްބަސްވުމާ އެއްގޮތަށްތޯ ބެލުމަށް ގަވާއިދުން މޮނިޓަރ ކުރަމުންނެވެ. އެއްބަސްވުމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޫކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d