logo

ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން މުއްދަތު އަންނަ މަހުގެ 15 އަށް އިތުރުކޮށްދީފި

ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން މުއްދަތު އަންނަ މަހުގެ 15 އަށް އިތުރުކޮށްދީފި

SHARE

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ތިންވަނަ ފަހަރަށް ހައުސިން މިނިސްޓްރީން އިތުރުކޮށްދީފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާން އޮތް ފޯމު ހުށަހެޅުމުގެ މުއްދަތު މިހާރު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

View post on Twitter

މި ޕްރޮގްރާމަކީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ހުޅުވާލި ޕްރޮގްރާމެކެވެ. މި ސްކީމުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ ތަފްސީލަށް ބަލާއިރު، 4,000 ފްލެޓު ހާއްސަކޮށްފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. މީގެ އިތުރުން މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް، މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1,500 ފްލެޓު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ބާކީ ހުރި 2,400 ފްލެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d