logo

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ދެ ޑޮކްޓަރުން ސުޕަ ސްޕެޝަލިސްޓުންގެ ގޮތުގައި ހިދުމަތް ފައްޓަވައިފި

ސައިފުﷲ އަލީ

22 ޖުލައި 2026 - 15:33
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ދެ ޑޮކްޓަރުން ސުޕަ ސްޕެޝަލިސްޓުންގެ ގޮތުގައި ހިދުމަތް ފައްޓަވައިފި

SHARE

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއްމާބަނޑު ދެބެއިން ކަމަށްވާ ޑރ. އަލްތާފު އަދުނާން އިސްމާއިލް އާއި ޑރ. އަލްމާސް އަދުނާން އިސްމާއިލް ސުޕަ ސްޕެޝަލިސްޓުންގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތް ދެއްވަން ފައްޓަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ގދ. ތިނަދުއަށް އުފަން މި ދެ ޑޮކްޓަރުންނަކީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކާއި ގްލޯކޯމާއަށް ހާއްސަވެގެން ރާއްޖޭގައި ހިދުމަތް ފެށި ފުރަތަމަ ސުޕަ ސްޕެޝަލިސްޓުންނެވެ. މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޑރ. އަލްތާފު އަދުނާން އިސްމާއިލް ސަބް ސްޕެޝަލިޓީ ފުރިހަމަކުރެއްވީ އިންޑިއާއިންނެވެ. އޭނާ ހާއްސަވެވަޑައިގަތީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށެވެ. އަނެއްކޮޅުން، ޑރ. އަލްމާސް އަދުނާން އިސްމާއިލް ވަނީ ބަންގްލަދޭޝްއިން ގްލޯކޯމާ ބަލިތަކުގެ ސަބް ސްޕެޝަލިޓީ ފުރިހަމަކުރައްވައިފައެވެ. މިއީ މި ދެ ދާއިރާއިން ދިވެހިރާއްޖޭގައި ސުޕަ ސްޕެޝަލިސްޓުންގެ ގޮތުގައި ތައުލީމު ހާސިލުކުރައްވައިގެން ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ. މި ދެ ޑޮކްޓަރުން މިހާރު ހިދުމަތް ދެއްވަމުން ގެންދަވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

މެޑިސިން ނިންމެވުމަށްފަހު، ޑރ. އަލްތާފު އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ 2015 ވަނަ އަހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. އޭގެ ފަހުން ނޭޕާލުން ސާޖަރީއަށް ހާއްސަވެ، 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަދި 2021 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފައެވެ. ޑރ. އަލްމާސް ވެސް ވަނީ ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގައި މީގެ ކުރިން ހިދުމަތް ކުރައްވައިފައެވެ.

މި ދެ ޑޮކްޓަރުންނަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް، ހާއްސަކޮށް އަންހެނުންގެ ސިއްހަތާއި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގައި މުޅިން އަލަށް މިފަދަ ހާއްސަ ދާއިރާތަކުން ފަރުވާ ލިބެން ފެށުމުން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭ މިންވަރު މަދުވެ، ބަލިމީހުންނަށް އަވަސް އަދި ފެންވަރު ރަނގަޅު ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d