logo

އަންނަ ޖޫންގެ ނިޔަލަށް 55 ކައުންސިލުގެ މަސައްކަތްތައް ނިންމާލެވޭނެ: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

9 ޑިސެމްބަރު 2025 - 08:39
އަންނަ ޖޫންގެ ނިޔަލަށް 55 ކައުންސިލުގެ މަސައްކަތްތައް ނިންމާލެވޭނެ: ވަޒީރު

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު --

SHARE

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރ އާދަމް ޝަރީފު މިކަން ހާމަކުރެއްވީ ކައުންސިލްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލް އިމާރާތްތައް ކުރުމުގެ މަޝްރޫއު ކުރިއަށްދަނީ އަމާޒުކުރެވިފައިވާ ގޮތަށް ޖޫންގެ ނިޔަލަށް ނިންމުމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖޫން މަހުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަށްފަހު، ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.

"ޖޫންގެ ނިޔަލަށް މުޅި މަޝްރޫއު ނިންމާ ކައުންސިލުތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލް އިދާރާ ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރޭން ޖުމްލަ 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން މިހާރު މަސައްކަތް ކުރިއަށްދާ 55 ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދަނީ އާރުސީސީއާ ހަވާލުކޮށްގެންނެވެ.

/

އަދި ބާކީ 50 ކައުންސިލް އިމާރާތެއް ތަރައްގީ ކުރާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއުތައް ނިމުމުން ރާއްޖޭގެ ގިނަ ރަށްރަށުގެ ކައުންސިލްތަކަށް ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތްތައް ލިބޭނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/