logo

އަތޮޅު ކައުންސިލްތައް އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ: އެލްޖީއޭ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

16 އޭޕްރީލު 2026 - 09:04
އަތޮޅު ކައުންސިލްތައް އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ: އެލްޖީއޭ

SHARE

އަތޮޅު ކައުންސިލްތައް އުވާލައި، އެ ކައުންސިލްތަކުން އަދާކުރަމުންދާ ޤާނޫނީ މަސްއޫލިއްޔަތުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުމުން އެއްވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އެލްޖީއޭއިން ބުނި ގޮތުގައި އަތޮޅު ކައުންސިލްތަކުގެ ބާރުތަކާއި އިޚްތިޔާރުތައް ދެމެހެއްޓުމަށްޓަކައި އެ އޮތޯރިޓީން ކޯޑިނޭޝަން އޮފީސްތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި އޮފީސްތަކުގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ފޯރުކޮށްދިނުމަކީ އެލްޖީއޭގެ ޤާނޫނީ ޒިންމާއެކެވެ. އެހެންކަމުން، އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީގެ މައިގަނޑު އެއް މަސައްކަތް ކަމަށް އެލްޖީއޭއިން ފާހަގަކުރެއެވެ.

އެލްޖީއޭއިން އިތުރަށް ބުނެފައިވަނީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، ޕްރޮވިންޝަލް ލެވެލްގައި ލޯކަލް ގަވަރމަންޓް އޮފީސްތަކެއް އުފެއްދުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. މީގެ ސަބަބުން އަތޮޅު ފެންވަރުގައި ފޯރުކޮށްދޭ ޚިދުމަތްތައް ވަރުގަދަވެ، ކައުންސިލްތަކުގެ ހިންގުން ޤާނޫނީ ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ.

/

މި ބަދަލުތަކާއެކު، ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެލްޖީއޭއިން އުންމީދު ކުރެއެވެ. އަދި މިނިސްޓްރީއާއި ކައުންސިލްތަކާ ދެމެދު އޮންނަ ނިޒާމީ ގުޅުން ހަރުދަނާކުރުމަށް ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާއެއް ފަރުމާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/