މަޝްހޫރު ޑައިރެކްޓަރު ފައްތާހު ކެލާ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވަނީ
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ކުރީގެ ޑައިރެކްޓަރު ފައްތާހު.-- ފޮޓޯ: ފޭސްބުކް
SHARE
ކާމިޔާބު ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ހއ. ކެލާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

ފައްތާހުގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕީއެންސީގެ ޓިކެޓުގައެވެ.
ކެލާއަކީ އޭނާގެ އުފަން ރަށެވެ. މިހާރު ދިރިއުޅުއްވަނީ ވެސް ރަށުގަ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އެ ޕީއެންސީގެ ޕަރައިމަރީގައި އޭނާއަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި އެވެ.
ފައްތާހަކީ މީގެ ކުރިން ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓު ކުރައްވާފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އޭނާ ރިޓަޔާ ކުރެއްވުމުގެ ކުރިން ޑައިރެކްޓު ކުރައްވާފައިވާ އެންމެ ފަހު ފިލްމަކީ "ހައްދު" އެވެ.

ސަރުކާރުން ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިންް ފައްތާހުއަށް ގައުމީ އިނާމު 2004 ވަނަ އަހަރު އަރުވާފައެވެ.





