logo

ދެ ވަނަ ބުރު ބާއްވަނީ ކައުންސިލް ދެ ގޮނޑި އަދި ޑަބްލިޔުޑީސީ ތިން ގޮނޑިއަކަށް

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

12 އޭޕްރީލު 2026 - 06:02
ދެ ވަނަ ބުރު ބާއްވަނީ ކައުންސިލް ދެ ގޮނޑި އަދި ޑަބްލިޔުޑީސީ ތިން ގޮނޑިއަކަށް

SHARE

މި މަހުގެ ހަތަރު ވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސލް އަދި ޑަބްލިޔުޑީސީ އިންތިހާބުގައި ވޯޓު އެއްވަރުވެ ދެ ވަނަ ބުރަކަށް ވޯޓު ލަނީ ފަސް ގޮނޑިއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއަށްފަހު، ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އީސީން ބުނެފައިވާ ގޮތުގައި ދެ ވަނަ ބުރަކަށް ދާން ޖެހިފައިވަނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި ޑަބްލިޔުޑީސީގެ ތިން ގޮނޑިއަކަށެވެ. އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި, ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ އިތުރުން ހއ. ކެލޭ, ހދ. ނޭކުރަންދޫ އަދި ލ. މާވަޑުގެ ޑަބްލިޔުޑީސީ ގޮނޑިއެވެ.

އީސީން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ވޯޓު ކުރިއަށް ދާއިރު ވޯޓު ލެވޭނީ ކުރިން ވޯޓު ލީ ލިސްޓުގެ މީހުންގެ އިތުރުން މި މުއްދަތުގައި 18 އަހަރުވެފައިވާ މީހުންނަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/