logo

މާފުށީ ކައުންސިލް ރައީސްގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެ

ސައިފުﷲ އަލީ

5 އޭޕްރީލު 2026 - 19:06
މާފުށީ ކައުންސިލް ރައީސްގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެ

SHARE

އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ކ. މާފުށީ ކައުންސިލް ރައީސްގެ ގޮނޑި ފުރަތަމަފަހަރަށް އެމްޑީޕީއަށް ގެއްލިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން މާފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވީ އެ ރަށު ކައުންސިލްގެ މިހާރުގެ ރައީސް ހަސަން ސަލާހެވެ. އެހެން ނަމަވެސް, އޭނާގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް އަލީ ޝަމްއޫން ވަނީ ކުރި ހޯއްދަވައިފައެެވެެ.

ކައުންސިލް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ޝަމްއޫންއަށް ލިބިވަޑައިގެންނެވީ 666 ވޯޓެވެ. އަދި ސަލާހަށް ލިބިވަޑައިގެންނެވީ 487 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މާފުށީ ކައުންސިލްގައި ހިމެނޭ ތިން ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީއެންސީއަށް ލިބުނެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ލިބުނީ އެމްޑީޕީގެ މަރިޔަމް ޝިފާނާއަށެވެ. އަދި ކައުންސިލްގެ މެމްބަރު ކަމަށް ދެން ހޮވުނީ އަމިއްލަ ކެންޑިޑޭޓު ހުސެއިން އާމިލެވެ.

އަންހެނުން ކޮމެޓީގެ ހަތަރު ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ހޯދިއިރު، އެއް ގޮނޑި އެމްޑީޕީ އަދި އަނެއް ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކަށް ވަނީ ލިބިފައެވެ.

/

ސަލާހުގެ ކައުންސިލް ދައުރުގައި އޭނާ ވަނީ މާފުއްޓަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައިފައެވެ. އެ ރަށުގެ ބޯހިޔާވަހިކަމުގެ މައެްސަލައަށް ހައްލު ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އަދި ބްރޭންޑެއްގެ ގޮތުގައި މާފުށި ޕްރޮމޯޓްކުރުމަށް ޓަކައި ވެސް ވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/