logo

ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް މާމިގިލީގެ މެޖޯރިޓީ ގެއްލިއްޖެ

ސައިފުﷲ އަލީ

5 އޭޕްރީލު 2026 - 18:52
ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް މާމިގިލީގެ މެޖޯރިޓީ ގެއްލިއްޖެ

SHARE

ޖުމްހޫރީ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އދ. މާމިގިލީގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ގެއްލިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެ ވަޑައިގަންނަވާ މާމިގިލީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް ދަމަހައްޓަމުން އައީ އަބަދުވެސް އެ ޕާޓީންނެވެ. އެހެން ނަމަވެސް, އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ ދެ ގޮނޑިއެވެ.

ހަނި ފަރަގަކުން ޖުމްހޫރީ ޕާޓީއަށް މި ފަހަރު ކާމިޔާބުކުރެވުނީ ކައުންސިލް ރައީސްގެ ގޮނޑިއާއި މެންބަރުކަމުގެ އެއްގޮނޑިއެވެ.

ބާކީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއެވެ. އަދި ބާކީ އެއް ގޮނޑި އެމްޑީޕީއަށް ލިބުނެވެ.

އަންހެންގެ ކޮމިޓީގެ މެޖޯރިޓީ ވެސް ހޯދީ ޕީއެންސީންނެވެ. އެ ކޮމިޓީގެ ފަސް ގޮނޑީގެ ތެރެއިން ކޮމިޓީގެ ރައީސް ހިމެނޭ ގޮތަށް ތިން ގޮނޑި ޕީއެންސީން ވަނީ ހޯދައިފައެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/