އޮލިމްޕަސް ފަތަހަ ކުރި"ލިލީ" އަލުން އޮލިމްޕަހަށް އަންނަނީ
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ
.webp&w=3840&q=75)
ލިލީ ފިލްމްގެ މަންޒަރުތަކެއް --
SHARE
ކާމިޔާބު ޝޯތަކެއް ދެއްކި، "ލިލީ" އޮލިމްޕަހުގައި އަލުން އަޅުވަން ނިންމައިފިއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ލިލީގެ ޝޯތައް ނިންމާލީ ކާމިޔާބު 13 ޝޯއާއެކުއެވެ. އޭގެތެރެއިން 11 ޝޯ ވަނީ ހައުސް ފުލް ވެފައެވެ. އަލުން "ލިލީ" ނިންމި ސަބަބަކީ ފުރަތަމަ ޝޯތަކަށް ލިބުނު ތަރުހީބު ކަމަށް ލިލީ އުފެއްދި، ކްރިއޭޓިވް ނެޓްވޯކްސް އިން ބުންޏެވެ،
އެ ކުންފުނިން ބުނި ގޮތުގައި، މި ޝޯތައް މި މަހު 21 ވަނަ ދުވަހު އެޅުވުމަށް ވާންޖެހޭ ތައްޔާރީތައްވަނީ ވެފައެވެ. އަދި މި ޝޯތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، ޓިކެޓު ބުކް ކުރެވޭނީ ރަސްމީ ވެބްސައިޓު ގެ އިތުރުން 7505079 ވައިބާ މެދުވެރިކޮށެވެ.
މި ފިލްމުން ދައްކައިދެނީ މައިވަންތަކަމުގެ ލޯބިން މަހުރޫމު ވެފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުމެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮށް ހަދައިފާވާ ފިލްމެކަށްވާއިރު، މި ފިލްމުގައި ގެވެށި އަނިޔާގެ އިތުރުން ނަފްސާނީ އަނިޔާގެ ވާހަކަވެސް ވަނީ ގެނަސްދީފައެވެ.
ލީޑް ރޯލްތައް ކުޅެފައިވަނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާއެވެ. މި ފިލްމަށް އަތޮޅު ތެރޭގައި ވެސް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބުމުންނެވެ.





