ދުވާފަރު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުވާފަރުގައި -- ފޮޓޯ: ރައީސް އޮފީސް
SHARE
ރ. ދުވާފަރުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މީގެ އިތުރުން އެ ރަށުގައި ކުނި މެނޭޖްކުރާ ސެންޓަރެއް ހެދުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށާފައެވެ.
މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އެ ރަށަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިންނެވެ.
އެ ދަތުރުގެ ތެރެއިން، ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. ކުނި މެނޭޖުކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މީގެ ކުރިން ވެސް ބިން ހިއްކާފައިވާ ދުވާފަރު ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ސުނާމީގައި ސުންނާފަތިވި ރ. ކަނދޮޅުދޫ މީހުން އާބާދުކުރި އެ ރަށުގައި ބޯހިޔާވަހިކަމުގެ ބޮޑު ދަތިކަމެއް އެބަ އޮތެވެ.

.png&w=3840&q=75)

