logo

ފީނަން ގޮސް އުޅުނު ދުވާފަރުގެ ޒުވާނަކު ނިޔާވެއްޖެ

ސައިފުﷲ އަލީ

22 ސެޕްޓެމްބަރު 2026 - 18:55
ފީނަން ގޮސް އުޅުނު ދުވާފަރުގެ ޒުވާނަކު ނިޔާވެއްޖެ

ދުވާފަރު -- ފޮޓޯ: ޕީއެސްއެމް

SHARE

ށ. މަރޮށި ކައިރިއަށް ފީނަން ގޮސް އުޅުނު ރ. ދުވާފަރު ޒުވާނަކު ނިޔާވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ހާދިސާގައި ނިޔާވި އުމުރުން 30 އަހަރުގެ ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:15 ހާއިރު އެވެ.

ދުވާފަރު ކައުންސިލުގެ ރައީސް އަހްމަދު ޝާހު މައުލޫމާތު ދެއްވި ގޮތުގައި، އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ށ. މަރޮށި ކައިރިންނެވެ.

ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސީޓީ ސްކޭނާއި ފޮރެންސިކް ތަހުލީލުތައް ހެދުމަށްޓަކައި އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ އުނގޫފާރު ހޮސްޕިޓަލުގައި ބާއްވާފައި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ތަހުގީގުގެ މަސައްކަތްތަކަށްފަހު ހަށިގަނޑު ދުވާފަރަށް ގެންދިއުމުގެ ހުއްދައަށް އެދި ފުލުހުންގެ ފަރާތުން ކައުންސިލަށް ގުޅާފައިވާ ކަމަށްވެސް އޭނާ އިތުރަށް މައުލޫމާތު ދެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d