logo

އަދުލުއިންސާފު ގާއިމްކުރުމުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ: ރައީސް

ސައިފުﷲ އަލީ

18 ސެޕްޓެމްބަރު 2026 - 19:15
އަދުލުއިންސާފު ގާއިމްކުރުމުގައި ވަކި  ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ: ރައީސް

SHARE

ރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ނިސްބަތްވާ ޕާޓީއަކަށް ނުވަތަ އެމީހަކު ނިސްބަތްވާ އާއިލާއަކަށް ދައުލަތުން ނުބަލާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުށްކުރާ ކޮންމެ މީހަކަށްވެސް ގާނޫނީ އިމުގެ ތެރެއިން ލިބެންޖެހޭ އަދަބު ލިބޭނެ ކަމަށެވެ. އަދި އެ މީހަކީ ކާކުގެ ދަރިއެއްތޯ ނުވަތަ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ފިޔަވަޅު އެޅުމުގައި ނުބަލާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑު ފުރިހަމަ މާނައިގައި މި ގައުމުގައި އަދުލުވެރިކަން ގާއިމްކުރާނަން. އޭގެ މާނައަކީ ކުށުރާ މީހަކަށް އަދަބު ލިބޭނެއޭ. ކުށްކުރާ މީހަކަށް އަދަބު ލިބޭނެ. އެމީހާ އަކީ ކާކުތޯ ނުބަލާނެ. އެމީހާ އަކީ ކާކުތޯ ކާކަށް، ކާކުގެ ދަރިއެއްތޯ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ރޭގަނޑު ގޭގައި ނިދާފައި ވަނިކޮށް ފަނޑިޔަރަކު ހައްޔަރުކުރި ވެރިކަމެއް ވެސް ދިވެހީން ދެކެފައިވާ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ހައްޔަރުކުރި ވެރިކަމެއް ވެސް ނިމިގެން ގޮސްފި ކަމަށެވެ.

އަދި އެ ވެރިކަމުގައި 3 ނޮވެމްބަރު 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާދިން މި ގައުމު ސަލާމަތްކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށް ޖަލަށްލި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ދުވަހުން ފެށިގެން މިހާތަނަށް ވެސް ޝަރުއީ ދާއިރާގެ އެއްވެސް ކަމަކަށް ނުވަތަ މަސައްކަތަކަށް ސަރުކާރުގެ ނުފޫޒެއް ފޯރުވާފައިނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް މާލީގޮތުން ދިމާވެފައިވާ ބަޖެޓުގެ މައްސަލަތަކަށް މިހާރު ހައްލު ހޯދައިދިނުމަށްފަހު. އަދި ޝަރުއީ ދާއިރާއަށް ބޭނުންވާ އާ އިމާރާތްތަކުގެ މަސައްކަތްތައް ވެސް މި ސަރުކާރުން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d