logo

ސްކޫލްގައި ފޯނު މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 ޑިސެމްބަރު 2025 - 16:56
ސްކޫލްގައި ފޯނު މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް އަންގަވައިފި

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

SHARE

ސްކޫލް ދަރިވަރުން ފޯނު ގެންގުޅޭ މައްސަލަ ބޮޑުވެފައިވާތީ، ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް އެޑިއުކޭޝަން މިިނިސްޓްރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިރޭ ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި އަވަށު ބައްދަލަވުން ފައްޓަވަމުން ރައީސް ވިދާޅުވީ ކްލާސްރޫމުގައި ކިޔަވައިދޭ ގަޑީގައި ދަރިވަރުން ފޯނު ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިހާރު ވެސް ގްރޭޑް ދިހައަކުން ފެށިގެން ދަށުގެ ދަރިވަރުންނަށް ވެސް މަނާ ކަމެއް އެއީ [ސްކޫލަށް ފޯނު ގެންދިއުން]، އެކަމަކު އެ ކަން ދަނީ ބޮޑުވަމުން ބޮޑުވަމުން [ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ]،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން އެ ކަން ހައްލުކުރުމަށް ހަރުކަށިކަމާއެކު މަނާކޮށްފައި އޮތް އޮތުން ތަންފީޒުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ގްރޭޑް 11 އާއި 12ގެ ދަރިވަރުންގެ އުމުރުފުރާއަށް ބަލާއިރު ފޯނު ގެންދެވެން ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކްލާސް ވަގުތު ބޭނުންކުރަން ތިބުމަކީ މައްސަލައެއް ގޮތުގައި ފާހަގަކުރެއްވި އެވެ.

/

އެހެންވެގެން އޭލެވެލްގެ ދަރިވަރުން ފޯނު ބަހައްޓާނެ ލޮކަރުތަކެއް ކްލާސްރޫމުގައި ބެހެއްޓުމަށް އިރުޝާދު ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ކްލާސް ގަޑީގައި އެ ލޮކަރަށް ލާ ބަންދުކޮށްފައި ކްލާސް ނިމުނީމައި، ނޫނީ ބްރޭކް ގަޑި ފަދަ ހުސްވަގުތުތަކުގައި ފޯނު އަތަށް ލިބޭ ގޮތަށް ބަދަލުކުރާނަން ދިރާސީ އާ އަހަރު ފެށުނީމައި،" ރައީސް ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު ފަށަނީ ޖެނުއަރީ މަހު ފަހުކޮޅުގަ އެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/