logo

ބީއެމްއެލްއިން ތިންވަނަ ފަހަރަށް ސްޕޯޓްސް ސޮކޮލާޝިޕް ދެނީ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

22 ޑިސެމްބަރު 2025 - 06:50
ބީއެމްއެލްއިން ތިންވަނަ ފަހަރަށް ސްޕޯޓްސް ސޮކޮލާޝިޕް ދެނީ

ސްކޮލާޝިޕް އެއްބަސްވުމުގައި ސޮއިކުުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ބީއެމްއެލް

SHARE

ބީއެމްއެލް އިން އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕް ދޭން މޯލްޑިވްސް އޮލިމްޕިކް ކޮމިޓިއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި އިއްޔެ ސޮއިކުރެއްވީ ބީއެމްއެލްގެ ސިއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު ޝަރީފެއެވެ. އަދި މޯލްޑީވްސް އޮލިމްޕިކް ކޮމޮޓީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ސްކޮލާޝިޕްތަކުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމަށް އެހީތެރިވެދިނުމެވެ.

"ދިވެހި އެތްލީޓުންނަށް މިއަދު މި ކުރެވޭ އިންސެޓްމެންޓަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ހަރުދަނާކޮށް, ބައިނަލްއަގްވާމީ ކާމިޔާބަކަށް ވާސިލްވުމަށް ހުޅުވޭ ދޮރެއް," ބީއެމްއެލްގެ ސީއީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

މި ސްކޮލާޝިޕަކީ 2023 ވަނަ އަހަރުން ފެށިގެން ބީއެމްއެލްއިން ކޮންމެ އަހަރަކު ދެމުން އަންނަ ސްކޮލާޝިޕެކެެވެ. އަދި މިހާތަނަށް އަށް އެތުލީޓުންނަށް މި ސްކޮލާޝިޕުގެ ދަށުން ފުރުސަތު ދީފައިވެއެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/