logo

ބީއެމްއެލްގެ ފްލެޓް މަޝްރޫއު ޗައިނާ ދެ ކުންފުންޏަކާ ހަވާލުކޮށްފި، އަންނަ މަހު ފަށަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

29 ޑިސެމްބަރު 2025 - 15:39
ބީއެމްއެލްގެ ފްލެޓް މަޝްރޫއު ޗައިނާ ދެ ކުންފުންޏަކާ ހަވާލުކޮށްފި، އަންނަ މަހު ފަށަނީ

ބީއެމްއެލްގެ ފްލެޓް މަޝްރޫއު ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި - ފޮޓޯ: ބީއެމްއެލް

SHARE

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން އެކުލަވާލި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި އިމާރާތްކުރާ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ ދެ މަޝްރޫއެއްގެ މަސައްކަތް މިއަދު ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބީއެމްއެލް އިން އެ ކަމަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން މި ފްލެޓްތައް އެޅުމަށް ހަވާލުކުރީ ބެއިންޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްސީއީސީ)އާއެވެ.

ގައުމީ ބޭންކުން ބުނި ގޮތުގައި، މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް މި އަންނަ މަހު ފަށާނެއެވެ.

ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ 1،117 ފްލެޓް އެޅުމެވެ. އެއީ ހުޅުމާލޭ ޒޯން ދޭއްގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެކެވެ.

ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގާފައިވެއެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ.

/

ސީއެމްއީސީއާ ހަވާލުކޮށްފައިވަނީ 1،224 ފްލެޓެވެ. މި ކުންފުންޏަކީ ވެސް ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް އޮތް ކުންފުންޏެކެވެ. ވިނަރެސް ހައުސިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗާގެ މަސައްކަތްތައް ކުރަމުންނެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގޭ މި މަޝްރޫއުތަކުން ފެންވަރު ރަނގަޅު ހައުސިން ޔުނިޓްތައް އިމާރާތްކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ.

މިއީ އެމްއެމްއޭގެ ނޭޝަނަލް ހައުސިން ޕްރޮޖެކްޓް ތަންފީޒުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ %10 އާއި %15 އާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިންއަށް ހާއްސަކުރަން ވަނީ ލާޒިމްކޮށްފައެވެ.

ބީއެމްއެލްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢުގެ ދަށުންނެވެ.

/

ރާއްޖޭގައި ކުޑަ އަގުގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ ދަށުން ހައުސިންގ މިނިސްޓްރީގެ އެހީތެރިކަމާއެކު ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިންގ ޔުނިޓްތައް ތަރައްގީކޮށް، ލީސް-ޓު-އޯން (ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވާލުމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/