މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލުން ލަސްކޮށްފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

މާލެ
SHARE
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން ލަސްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހައުންސިން މިިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުން ލަސްކުރަން ނިންމީ އަދި ވަރަށް މީހުން އެޕްލައި ކުރާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.
އަދި ހަފުތާ ބަންދާ ދިމާކޮށް އެޕްލައި ކުރުމަށް ހުޅުވާލުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މި ސަބަބުތަކާ ހުރެ މި މަހު 18 ވަނަ ދުވަހުގެ ގެ ހެނދުނު 9:00 ގައި ޕޯޓަލް ހުޅުވުން ލަސްކޮށްފައިވާކަން ހައުސިން މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މީގެ ކުރިން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުން އޮތީ މިއަދުއެވެ.

މި ސްކީމުގެ ދަށުން ފްލެޓު ދޫކުރަން ހަމަޖެހިފައިވަނީ، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފްލެޓު އަދި ހާއްސަ އިސްކަންދޭ ކެޓެކަގަރީތަކުން 2،400 ފުލެޓު ދޫކުރަން ހަމަޖެހިފައިވެއެވެ.
ގޯތި ދޫކުރަން ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުނަށް 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުނަށް 500 ގޯއްޗެވެ.



