logo

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

14 ޖެނުއަރީ 2026 - 09:40
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ

މާލެ--ފޮޓޯ

SHARE

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހައުސިން މިނިސްޓްރީން މާދަމާ ހުޅުވާލާނެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެއީ މާލެ ސަރަހައްދު ހިމެނޭހެން ރަސްމާލެ އާއެކު ދޫކުރާ 15،000 ގޯއްޗާއި މާލެ ސަރަހައްދުން ދޫކުރާ 7900 ފްލެޓަށް ކުރިމަތިލުމަށެވެ.

އެގޮތުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފްލެޓެވެ.

ގޯތި ދޫކުރަން ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށްފައިވާ 10،000 ގޯތި އަދި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗެވެ.

އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ 1،500 ގޯތި ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

/

ފްލެޓަށް އެދި ކޮންމެ ފަރާތަކުން އެޕްލިކޭޝަން ހުށައަޅަންޖެހޭނީ ވަކިންނެވެ. އަދި ކައިވެނިކޮށްގެން އުޅޭ ފަރާތެއް ނަމ،ަ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ފިރިމީހާއާއި އަނބިމީހާއާއެކު ޖޮއިންޓް އެޕްލިކޭޝަނެކެވެ.

ކޮންމެ މީހަކަށްވެސް ފޯމު ހުށައެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމަކަށެވެ. އަދި އެ ސްކީމުގެވެސް އެއް ކެޓަގަރީއިންނެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/