logo

ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ޕްރޮމޯޝަން ފަށައިފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

11 ޖެނުއަރީ 2026 - 17:20
ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ޕްރޮމޯޝަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް -- ފޮޓޯ/ބީއެމްއެލް

SHARE

ބޭންކް އޮފް މޯލްޑިވްސް އިން ރޯދަމަހާ ދިމާކޮށް ކުރިއަށްގެންދާ "ރަން ފުރުސަތު" ޕްރޮމޯޝަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 10 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ހިމެނޭ ފިހާރަ ތަކުގެ ތެރޭގައި ރެޑް ވޭވް، އެމްއެޗްއޭ، އެސްޓީއޯ، އިހްސާން ފިހާރަ، ޔޫރޯ ސްޓޯ، އެސްޖޭ، ވީބީ، ސަމަން، ޝޮޕް އެންޑް ސޭވް، ވިލާ މާޓް، މިފްކޯ، ފަހި، ތްރީ އެސް، ނައިޑް، ނަވައި، ވައިޓް ސްޓާ، ޔެލީ، ސޯސަން، ފެމިލީ ގްރޯސާ، ފެންޓަސީ، ޗެކްމާކް، ކީސާ ޒޯން، ޓްރޭޑް ވޭވްސް ހިމެނެއެވެ.

މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު އިނާމު ދޭނެއެވެ. އަދި ބޮޑު އިނާމުވެސް ޕްރޮމޯޝަން ނިމޭއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ބީއެމްއެލްއިން ބުނިގޮތުގައި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނީ ބީއެމްއެލް ކާޑު މެޝިނ،ް ސްޓެޓިކް ކިއުއާރް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ހަފްތާއަކުވެސް ފަސް ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

އަދި މި ޕްރޮމޯޝަނުގައި ބައިވެރިވާ ފިހާރަތަކުން ކޮންމެ ހަފްތާއަކުވެސް ޖުމްލަ 500 ރުފިޔާގެ ވިޔަފާރި ކުރާ ފަރާތްތައް މި ގުރުއަތުގައި ބައިވެރިވެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

/

ޕްރޮމޮޝޯޝަން ނިމުމުން ގުރުއަތުން ހޮވާ ނަސީބުވެރިއަކަށް ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ގިފްޓް ކާޑެއް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަނުގެ މުއްދަތުގައި މުޅި ޖުމްލަ 10،000 ރުފިޔާގެ ވިޔަފާރިކުރާ ފަރާތްތަކަށް އެކަނި ކަމށް ބީއެމްއެލްއިން ބުނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/