logo

ދެ ގެއެއް ބަލައި 400 އަށް ވުރެ ގިނަ އަދަދެއްގެ ވޭޕް އަތުލައިގައިނެފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

22 ޑިސެމްބަރު 2025 - 11:18
ދެ ގެއެއް ބަލައި 400 އަށް ވުރެ ގިނަ އަދަދެއްގެ ވޭޕް އަތުލައިގައިނެފި

އިއްޔެ ހިންގި އޮޕަރޭޝަންގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ތަކެތި--ފޮޓޯ/ފުލުހުން

SHARE

ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަަަދަދެއްގެ ވޭޕް ފުލުހުން އިއްޔެ އަތުލައިގަނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުންނަށް އިއްޔެ ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލައި ފާސްކޮށް، 442 ވޭޕް ކާޓްރިޖާއި ދެ ކާޓަންގެ ސިނގިރެޓާއި، ޝީޝާ ޕަފް އަދި ވޭޕާ ގުޅުން ހުރި ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެމީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15 2024 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި މި އަހަރުން ފެށިގެން ވޭޕު ބޭނުންކުރުން ސަރުކާރުންވަނީ އެއްކޮށް މަނާކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/