logo

މީހެއްގެ އެކައުންޓް ހެކުކޮށް 29،600 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

20 ޖެނުއަރީ 2026 - 07:49
މީހެއްގެ އެކައުންޓް ހެކުކޮށް 29،600 ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި

SHARE

މީހެއްގެ ބޭންކު އެކައުންޓް ހެކްކޮށް، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ނަދީފް ހައްޔަރުކޮށްފައިވަނީ 2025 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި ހާދިސާގައި އޭނާ ވަނީ ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި، އޯޓީޕީ ފޮނުވުމަށް އެދިފައެވެ.

undefined

އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، ނަދީފް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 2025 ޑިސެންބަރު 29 ވަނަ ދުވަހުއެވެ.

/

މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، ނަދީފް ވަނީ 29,600 އަށްވުރެ ގިނަ ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

މީގެ ތެރެއިން 24,700 ރުފިޔާ އެކި ފަހަރު މަތިން އޭޓީއެމް މެދުވެރިކޮށް ނަގާފައިވާއިރު، ބާކީ ހުރި 4,900 އަށްވުރެ ގިނަ ރުފިޔާވެސް އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ނަގާފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މީގެއިތުރުން، ނަދީފް މުޙައްމަދަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން، އޭޓީއެމް މެދުވެރިކޮށް މިފަދަ ސްކޭމްތަކުގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަހަރު ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 7 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

/

މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/