logo

ރިޓާޔަ ކުރުމަށްފަހު ސިފައިންނާއި ފުލުހުން އެހެން ވަޒީފާއަކަށް ދާނަމަ އަންގަން އެދިއްޖެ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

19 ޖެނުއަރީ 2026 - 09:55
ރިޓާޔަ ކުރުމަށްފަހު ސިފައިންނާއި ފުލުހުން އެހެން ވަޒީފާއަކަށް ދާނަމަ އަންގަން އެދިއްޖެ

ސިފައިނާއި ފުލުހުން އެމްއެންޑީއެފް ކާރެއްގައި ދަތުރުކުރަނީ -- ފޮޓޯ: އަދަދު

SHARE

ރިޓަޔަމެންޓަށްފަހު ދައުލަތުގެ އެކި މަގާމުގައި ތިބި ފުލުހުންނާއި ސިފައިން އެ މަގާމު ދޫކޮށް އެހެން ވަޒީފާއަކަށް ދާނަމަ އަންގަން ޕެންޝަން އޮފިހުން އަންގައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޕެންޝަން އޮފިހުން މިއަދު ކުރި އިއުލާނުގައި ބުނީ ފުލުހުންގެ ރިޓަޔަަމަންޓް ގަވާއިދު އަދި ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ރިޓަޔަމަންޓް އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ވަޒީފާއަކުން ރިޓަޔަ ކޮށްފައިވާ މީހެއް، އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރަން ފަށާފައިވާނަމަ، އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި މަހުން މަހަށް ދެވޭ ރިޓަޔަމަންޓް އިނާޔަތް މެދު ކަނޑާލުމަށް މިދިޔަ ޑިސެންބަރު މަހު ގެނައި އިސްލާހުގައި ނިންމާފައިވާކަމަށެވެ.

އެގޮތުން، އެފަދަ ގޮތަކަށް ރިޓަޔަވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރަން ފަށާފައިވާ މީހުނަށް، މި މަހުން ފެށިގެން މަހުން މަހަށް ދެވޭ ރިޓަޔަމަންޓް އިނާޔަތް ދިނުން މެދުކަނޑާލެވޭނެކަމަށް އެ އޮފީހުން ބުންޏެވެ.

އަދި އެފަދަ ފަރާތްތަކަށް އަލުން މަހުން މަހަށް ރިޓަޔަމަންޓް އިނާޔަތް ދޭން ފަށާނީ، ފަހުން އަދާކުރި ވަޒީފާ ނުވަތަ މަގާމުން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެންކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.

ވީމާ، ރިޓަޔަ ވުމަށްފަހު ދައުލަތުގެ އެހެން ވަޒީފާއެއް މިހާރު އަދާކުރަމުން ގެންދާ މީހުން ނުވަތަ އެފަދަ ވަޒީފާއަކުން މި ހިނގާ މަހުން ފެށިގެން ވަކިވާ މީހުން، މިކަމަށް އެ އޮފީހުން ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ ލިޔުމުން އެ އޮފީހަށް އެ މައުލޫމާތު ހިއްސާކުރުމަށް ޕެންޝަން އޮފީހުން އެންގިއެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/