ޓެކްނިކަލް މައްސަލައެއް ދިމާވެ ހުޅުމާލެ ފޭސް އެކަކުން ކަރަންޓު ކެނޑިއްޖެ

އަޙްމަދު ސަދޫފް މޫސާ
24 ޑިސެމްބަރު 2025 - 05:31

ހުޅުމާލެ --
SHARE
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އަދި އެ މައްސަލަ ދެނެގަނެ، ޙައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެކަން ޙައްލުވީހާ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އަދި ކަރަންޓު ދިޔުމުގެ ސަބަބުން ޢާންމުންނަށް ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.




