logo

ހަތަރު އަހަރުން ފަހުން ދަރިވަރުންނަށް ޑިސެމްބަރު ޗުއްޓީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 ޑިސެމްބަރު 2025 - 08:57
ހަތަރު އަހަރުން ފަހުން ދަރިވަރުންނަށް ޑިސެމްބަރު ޗުއްޓީ

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

SHARE

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ބޮޑު ޗުއްޓީ މިއަދު ފެށިއްޖެއެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ދަރިވަރުންނަށް ލިބުނު ފުރަތަމަ ފަހަރެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ވަނީ މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ރިޕޯޓް ފޮތް ދިނުން ކުރިއަށް ގެންގޮސްފައެވެ. ބައެއް ސްކޫލުތަކުގައި ރިޕޯޓް ފޯމް ދިނުމުގެ ކަންކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

2025 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ފެށިއިރު، ސަރުކާރުގެ 217 ސްކޫލެއްގައި ގާތްގަނޑަކަށް 84,000 ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވެއެވެ.

ދިރާސީ އަހަރުގެ ކަލަންޑަރަށް މި ބަދަލު ގެނެސްފައިވަނީ މީގެ ހަތަރު އަހަރު ކުރިން ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް ބަދަލުކުރުމާ ގުޅިގެން ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ކުރިން އޮތް ގޮތުން ބޮޑު ޗުއްޓީ ލިބެނީ ޖޫން އަދި ޖުލައި މަހުގެ ގަދަ ވިއްސާރަ ދުވަސްވަރުގައެވެ. މިކަމުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންނަށް ކުރިމަތިވި ގޮންޖެހުންތަކަށް ރިއާޔަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރާސީ އަހަރު ޖެނުއަރީގައި ފަށައި، ޑިސެމްބަރުގައި ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައިދެއްވާފައެވެ.

/

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އާ ކަލަންޑަރުގެ ދަށުން ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭނެއެވެ.

އަދި ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/