logo

ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ 66 ތަނެއް ބަންދުކޮށްފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

27 ޑިސެމްބަރު 2025 - 06:46
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ 66 ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަނީ --ފޮޓޯ/އިމިގްރޭޝަން

SHARE

ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ 66 ވިޔަފާރިއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ވުޒާރާއިން ބުނި ގޮތުގައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކަމާ ބެހޭ 307 ޝަކުވާއެއް މިހާތަނަށް ލިބިފައިވެއެވެ. އަދި މިހާތަނަށް 153 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެތަންތަނުގެ ތެރެއިން ގަވާއިދާ ހިލާފަށް ހިންގާ 66 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިގްތިސާދީ ވުޒާރާގެ ގާނޫނުތަކާ ހިލާފުވެގެން 46 ވިޔަފާރިއެއްވަނީ ބަންދުކޮށްފައެވެ. އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން 20 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށްފަހު 22 ވިޔަފާރިއަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާއިން ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވެއެވެ. މި ލިސްޓުގައި 30 އަށްވުރެ ގިނަ ދާއިރާއެއް ހިމަނާފައިވެއެވެ.

އަދި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތެއް ފާހަގަކުރެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/