logo

ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

12 ފެބްރުއަރީ 2026 - 07:08
ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ބަލާފާސްކުރުމުގެ ތެރެއިން--ފޮޓޯ/އިމިގްރޭޝަން

SHARE

ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މި ބިދޭސީން ގެންގޮސްފައިވަނީ އިއްޔެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގަ ތެރެއިންނެވެ. އެގޮތުން އިއްޔެ ހިންގި މި އޮޕަރޭޝަންގެ ދަށުން 95 ބިދޭސީއެއް ބަލާފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިއްޔެ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަނަނީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/