logo

ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެމަގު ކަށަވަރުކުރާނަން: ސަރުކާރު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

28 ފެބްރުއަރީ 2026 - 22:05
ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ހުއްޓުމެއް ނެތި ލިބޭނެމަގު ކަށަވަރުކުރާނަން: ސަރުކާރު

SHARE

މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަޕްލައި ޗެއިނަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ކަށަވަރުކުރާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ ހާލަތަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ހާއްސަކޮށް ބައިނަލްއަގުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މަގުތަކަށް ދިމާވެދާނެ ގޮންޖެހުންތައް މިހާރު ދިރާސާކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެއަށް މުދާ އެތެރެކުރެވިދާނެ އިތުރު މާކެޓުތަކާއި ބަދަލު މަގުތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

https://pnc.mv/local-council-inthihaab-2026

މީގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ މަސްރަހަށް ކޮންމެ ފަދަ ބަދަލެއް އައި ނަމަވެސް، ރާއްޖޭގެ ބާޒާރުން ކާބޯތަކެއްޗާއި އަސާސީ މުދާ ހުސްނުވެ ލިބޭނެ ގޮތް ހެދުމެވެ.

އިގްތިސާދީ ވުޒާރާއިން އިތުރަށް ބުނީ، މުހިންމު ބާވަތްތަކުގެ ސްޓޮކް ދެމެހެއްޓުމަށާއި އިމްޕޯޓް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށާއި މުދާ އުފުލާ ފްރައިޓް ރޭޓްތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދަމަހައްޓައި، ރައްޔިތުންނަށް އުނދަގުލެއްނުވެ އަސާސީ ޚިދުމަތްތަކާއި މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/