ގައުމީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
SHARE
ގައުމީ ވަތަނީ ހިދުމަތުގެ ޕްރޮގަރާމުގެ ފުރަތަމަ ބެޗް މިއަދު ދަސްވެނިވެއްޖެވެ.

މި ޕްރޮގަރާމް ކުރިއަށް ގެންގޮސްފައިވަނީ ޅ. މާފިލާފުށީގައެވެ. މި ރަށަށް ބައިވެރިން ފުރާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. އަދި އެނބުރި އައީ ތިން މަސް ދުވަހަށް ފަހެވެ.
މި ބެޗުގައި ބައިވެރުވުމަށް ހުށަހެޅުމުުން ޖުމުލަ 1242 ބައިވެރިންގެ އެޕްލިކޭޝަން ވަނީ ލިބިފައެވެ. ނަމަވެސް ސެލެކްޝަނަށް ފަހު މި ޕްރޮގަރާމް ފުރިހަމަކޮށްފަިއި ވަނީ އޭގެ ތެރެއިން އެންމެ 343 މީހުންނެވެ.
ޖުމުލް 107 ރަށަކުން މި ޕްރޮގްރާމުގައި ބައިވެރިވިއެވެ. އެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 16 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ
ހަމައެހެންމެ ސަރުކާރުން ކުރިއަށް ގެންދާ މި ޕްރޮގަރާމުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ކޮންމެ މަހަކު 6,000 ރުފިޔާގެ އިނާޔަތެއް ލިބޭނެއެވެ.

ސަރުކާރުން މި ޕްރޮގްރާމް ހިންގުމުގެ މަގުސަދުތަކުގެ ތެރޭގައި ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާއެއް ނުލިބުނު ކުދިންނަށާއި ވަޒީފާއެއް ނުލިބިހުރި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ހިމެނެއެވެ.
މި ޕްރޮގަރާމް ނިންމާ ބައިވެރިންނަށް ޕޮލިހަށް ނުވަތަ އެމްއެންޑީއެފަށް ވަނުމަށް މަޖުބޫރުވާނެއެވެ.
މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ޕްރޮގްރާމެކެވެ.
ރައިސް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ސިފައިންގެ ހިދުމަތް ހަރުދަނާ ކުރުމަށް ޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.






