logo

އައު އަހަރެއް ފެށިއްޖެ، އަމާޒުތަކަކީ ކޮބާ؟

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

1 ޖެނުއަރީ 2026 - 07:12
އައު އަހަރެއް ފެށިއްޖެ، އަމާޒުތަކަކީ ކޮބާ؟

SHARE

މިއަދު މި ބައްދަލުކުރަނީ އައު އަހަރެއްގެ ފެށުމާއެވެ. ކޮންމެ އައު އަހަރަކީ ވެސް ހަޔާތަށް އާ އުންމީދުތަކަކާއި، އާ އަޒުމްތަކެއް ގެނުވައިދޭ ދުވަސްވަރެކެވެ. އަހަރުގެ ފެށުމުގައި ކޮންމެ މީހަކުވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހާސިލުކުރަން ބޭނުންވާ މުހިންމު ކަންތައްތަކެއް ނިންމައި، އެކަންކަމަށް އަޒުމް ކަނޑައަޅައެވެ. އެހެންނަމަވެސް، މާޒީއަށް ބަލާއިރު ފާހަގަކުރެވެނީ، އަހަރުގެ ކުރީކޮޅު ކަނޑައަޅާ ގިނަ އަމާޒުތަކެއް، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް ހަނދާން ނެތި ނުވަތަ އެކަންކަން ހާސިލުނުވެ ދާ ތަނެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ބައެއް ފަހަރު ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ހިތްވަރު އެލި، އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތް ހުއްޓާލެވެއެވެ.

އެހެންކަމުން، މި އައު އަހަރަކީ ކުރީގެ ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ، އާ ހިތްވަރަކާއެކު އަޒުމްތައް ކަނޑައަޅައި، އެ އަމާޒުތަކަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރާ އަހަރަކަށް ހަދަންޖެހެއެވެ.

މި އަހަރުގެ އެންމެ އިސް އަމާޒަކަށް ވާންވީ މާތްﷲ ގެ މަގުގައި ސާބިތުވެ، ދީނީ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ.

ހަމައެއާއެކު، އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރަންވާނެއެވެ. އަމިއްލަ ނަފްސުގެ ކުރިއެރުމަށް ވިސްނައި، ސިއްހަތާއި ތައުލީމަށް ސަމާލުކަންދީ، މުޖުތަމައަށް ފައިދާހުރި މީހަކަށް ވުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ. އެ ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް، އަމިއްލަ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުވަތަ މެންޓަލް ހެލްތަށް އިސްކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ހިތުގެ އުދާސްތަކާއި ވާހަކަތައް އިތުބާރު ހުރި މީހުންނާ ހިއްސާކުރުމަކީ ނަފްސަށް ލިބޭނެ ބޮޑު ލުޔެކެވެ.

/

ދެރަވާފަދަ ދަތި ވަގުތުތަކުގައި ހިތްވަރުކޮށް، އެކަނި ހުރިހާ ކަމެއް ތަހައްމަލު ކުރުމުގެ ބަދަލުގައި އެހީއަށް އެދުމާއި އެހީތެރިކަން ހޯދުމަކީ ބަލިކަށިކަމެއް ނޫނެވެ.

އަނެކުންނާ މުއާމަލާތްކުރުމުގައި ހަމްދަރުދީއާއި އޯގާތެރިކަން އިސްކޮށް، އެހީތެރިކަން ބޭނުންވާ މީހުންނަށް އަތްދިއްކޮށްލުމަކީ އަޒުމަކަށް ހަދަންވާނެއެވެ. ހަމައެހެންމެ، ކުރާ ކޮންމެ މަސައްކަތަކީ އަމިއްލަ ނަފްސު ފަޚުރުވެރިވާ ފަދަ، އަދި އަނެކުންނަށް ނަމޫނާ ދައްކުވައިދޭ މަސައްކަތްތަކަކަށް ހަދަންވާނެއެވެ. ކާމިޔާބީއަކީ ހަމައެކަނި ހުވަފެން ދެކުމެއް ނޫނެވެ. އެއީ އެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެވެ.

އަދި އަމިއްލަ މީހާގެ ކުރިއެރުމާ އެއްވަރަށް، އަނެކާގެ ކުރިއެރުމަށް ވެސް ވިސްނައި، އަތުކުރި އޮޅާލައިގެން އެކުގައި ކުރިއަރާނެ އަހަރަކަށް މި އަހަރު ހެދުން ވެސް މުހިންމެވެ.

ހަމައެއާއެކު، ސިއްހަތަށް ސަމާލުކަންދީ، ރަނގަޅު ކާނާއާއި ޑައިޓަށް ފޮލޯކުރާ އަހަރަކަށް މި އަހަރު ހެދުމަކީ މި އަހަރުގެ އަޒުމަކަށް އަދި އަމާޒަކަށް ވާންޖެހެއެވެ.

/

މި އަހަރަކީ ކާމިޔާބުގެ، ހިތްހަމަޖެހުމުގެ އަދި އުފާވެރިކަމުގެ އަހަރަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުން މުހިންމުވަނީ މިހެންވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/