logo

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދެވޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

7 ޖެނުއަރީ 2026 - 09:34
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދެވޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިނގިރޭޓު-ފޮޓޯ

SHARE

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ދެވޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އެވޯޑަށް ހުޅުވާލިކަން އަންގާ އެޗްޕީއޭއިން މިއަދުވަނީ އިއުލާނެއް ނެރެފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދުންފަތުގެ ނުރައްކަލުން މުޖުތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ ފަރާތްތަކަށާއި އެ އަހަރެއްގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކޮށްފައިވާ އަދި ކުރާ ފަރުދުންނަށެވެ.

އަދި މީގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށާއި އަދި އިދާރާތަކަށްވެސް މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެކަމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

އަދި އެވޯޑަށް އެދި ހުށައަޅަން ބޭނުންވާ ފަރާތްތަކުން ޑަބްލިޔުއެޗްއޯގެ ލިންކްގައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސުގެ ޝިއާރަކީ " އަންމާސްކިންގ ދަ އެޕީލް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/