logo

މިދުވަސްވަރު ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

19 ޖެނުއަރީ 2026 - 15:45
މިދުވަސްވަރު ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޑެންގީ މަދިރި -- ފޮޓޯ: ސަރުކާރު

SHARE

ޑެންގީ، އަރިދަފުސް ރޯގާ، ނޭވާލާ ނިޒާމާއި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ބަލިތައް އިތުރުވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އެދިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެޗްޕީއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުމާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރު ވެފައިވާކަމަށެވެ.

އަދި މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެންކަމުން މި ފަދަ ބަލިތައް ފެތުރުނަ ނުދިނުމަށްޓަކައި އާންމުން ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުމެ އުޅޭއިރު ނޭފަތާއި އަނގަ ނިވާ ވާނެހެން މާސްކު އެޅުމާއި، ސައިބޯނި ލައިގެން އަތްދޮވުމުގެ އިތުރުން ސެނިޓައިޒާ ބޭނުންކުރުން ހިމަނާފައިވެއެވެ.

މީގެ އިތުރުން، ބަލިމީހުންނާއި ކުޑަކުދިން ގާތަށް ނުދިޔުމާއި ބަލީގެ އަލާމާތްތައް ފެންނަމަ ސުކޫލަށާއި ވަޒީފާއަށް ނުދިޔުން ހިމަނާފައިވެއެވެ.

/

އެޗްޕީއޭއިން ބުނީ ޑެންގީން ރައްކާތެރިވުމަށް މަދިރި އުފެދި އާލާވާ ގޮތަށް ފެންހަރުލާފައި ހުންނަ ތަންތަން ނައްތާލުން މުހިންމުކަމަށާއި، އަދި ގައިގައި މަދިރި ހެފުން މަދުކުރުމަށް މަދިރި ލޯޝަން ބޭނުންކުރަން އެ އިދާރާއިން ބުންޏެވެ.

މީގެ އިތުރުން، ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރުމާއި ކާން ހެދުމާއި ކާން ދިނުމުގެ ކުރިން، އަދި ފާހަނަކުރުމަށްފަހު ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމުގެ އިތުރުން ކާބޯތަކެތި މަތިޖަހާފައި ބެހެއްޓުމަށް އެޗްޕިއޭއިން ބުންޏެވެ.

އަދި ކާބޯތަކެތި ކެއުމަށްފަހު ގިނަ އިރު ބަހައްޓާނަމަ ފުރިޖުގައި ބެހެއްޓުމަށާއި، ބޭރަށް ހިންގާ ހޮޑު ލާނަމަ އޯއާރުއެސް ބޭނުންކުރުމުގެ އިތުރުން ގިނަގިނައިން ދިޔާ ތަކެތި ބުއިމަށް އިލްތިމާސްކުރިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/